Tuesday, August 27, 2019

Guidance n Counselling ( Questions N Answers 2 )

farithakurun 2
1 ޒަހާ އަކީ އުމުރުން 6 އަހަރުގެ ކުއްޖެކެވެ. ޒަހާ މަންމަ ވަޒީފާއަށް ދާން ފެށިފަހުން ޒަހާ ސްކޫލް ނޫންގަޑިތައް ގިނައިރު ހޭދަކުރަނީ ޑޭ ކެއަރ ސެންޓަރުގައެވެ.  މިހާރަކަށް އައިސް ޒަހާގެ މުދައްރިސުންގެ ކަންބޮޑުވުމަކީ ޒަހާގެ އުޅުމަށް އަންނަ ނޭދެވޭ ބަދަލުތަކެވެ. ޒަހާގެ އުޅުމަށް ބަދަލުއައިސް ކްލާސް އެހެން ކުދިންނަށް ގޯނާކުރަނީ ކީއްވެތޯއެވެ.
ހ. ސޯށަލް ލާރނިން ތިއަރީގެ އަލީގައި ޒަހާގެ އުޅުމަށް ޑޭ ކެއަރ ސެންޓަރަށް ގެނަދަން ފެށި ފަހުން އަންނަ ބަދަލެއް ކަމުގައި ވަނީ ކީއްވެކަން ބުނެދީ!
      ސޯޝަލް ލަރނިންގ ތިއަރީގައި އުނގެނޭ އުނގެނުމަކީ މާހައުލުން ގެންދެވޭ މަޢުލޫމާތު ބަދަލުކޮށް ސިކުނޑީގައި އެކަމާ ގުޅޭގޮތުން އުފައްދާ އަސަރަކުން ސުލޫކު ވަކިގޮތަކަށް ބަދަލުވުމެވެ. ވީމާ ޒަހާ ޑޭކެއަރ ސެންޓަރަށް ގެންދިއުމުން އެތަނުން ޒަހާއަށް ފެންނަ ކަންތައް އޭނާ ދަސްކުރަނީއެވެ. އަދި އެ ގޮތް ތަކަކީ އޭނާއަށް ކަމުދާ ގޮތްތަކަކަށް ވަނީ އެވެ. ވުމާއެކު އޭނާގެ އުޅުން އެގޮތަށް ބަދަލުކުރަނީ އެވެ. އާދެ ސުލޫކަށް ބަދަލު އަންނަނީ އެވެ.

ށ. ޒަހާގެ މިމައްސަލައަށް ބޭނުން ކުރާނީ ކޮންކަހަލަ އިންޓަވެންށަނެއް ހެއްޔެވެ؟ މި އިންޓަވެންށަން ތިއަރީސް ޒަހާއަށް އެޕްލައި ކުރުމަށް ވިސްނާލަންޖެހޭ ތިންކަމެއް ނުވަތަ ސުވާލުތަކެއް ބުނެދޭށެވެ
      މި މައްސަލައަށް ބޭނުންކުރާނީ ކޮގްނިޓިވް އިންޓަރވެންޝަނެވެ. އެއީ އޭނާ ޤަބޫލުކުރާ ގޮތާއި ވިސްނާ ވިސްނުމަށް އަސަރުކުރުވާތީ އެވެ. އަދި ޤަބޫލުކުރާ ޤަބޫލުކުރުމަށް ވެސް އަސަރުކުރުވާތީ އެވެ.
ކޮށްލެވިދާނެ 3 ސުވާލު:
1-      ޑޭ ކެއަރސެންޓަރުން ފެންނަ ކަންތަކުގެ ތެރެއިން ޒަހާއަށް އެންމެ ކަމުދާ 2 ކަމަކީ ކޮބާ؟
2-      އެ 2 ކަންތައް އެހާ ކަމުދަނީ ކީއްވެ؟
3-      އެ ކަންތަކަކީ ރަނގަޅު ކަންތައް ކަމަށް ޤަބޫލުކުރެވުނީ ކީއްވެ؟

ނ. ޒަހާގެ މައްސަލައަށް އޮޕަރަންޓް ކޮންޑިށަނިން ބޭނުން ކުރާނީ ކިހިނެތް؟
ޒަހާގެ މައްސަލައަށް އޮޕަރަންޓް ކޮންޑިށަނިން ބޭނުން ކުރާނީ ރީއިންފޯސްމަންޓް ދީގެންނެވެ. މިގޮތުން ބޭނުންކުރެވިދާނެ ރީއިންފޯސްމަންޓަކީ ޕޮޒިޓިވް ރީއިންފޯސްމަނެޓެވެ. މިފަދަ ރީއިންފޯސްމަންޓްގައި ކުލާހުގައި ދަރިވަރުގެ އަޚްލާޤު ބަހައްޓާގޮތުން ހަދިޔާއެއް ދެވިދާނެ އެވެ. މި ހަދިޔާއަކީ ޒަހާ ބޭނުންވާ ހަދިޔާއަކަށް ހަދާލެވިއްޖެނަމަ ޒަހާގެ ފަރާތުން ފެންނަ ނޭދެވޭ އިރޭޝަނަލް ގޮތް ބަދަލުކުރެވިދާނެ އެވެ.



2.      އެޑްލީރިއަން ތެރަޕީގެ  ބޭނުންކުރެވޭ ޓެކްނީކް އަދި ތެރަޕެއުޓިކް ގުޅުމަކީ ކޮބާ؟
ބޭނުންކުރެވޭ ޓެކްނިކްތަކަކީ:
1-      ކަންކަމުގައި ބައިވެރިކުރުން 2- މޒީގައި ހިނގާފައިވާ ކަންތައް އެސެސްކުރުން 3- ތަފާތު ނަޒަރިއްޔާތަކުން ބެލުމަށް އެހީތެރިވުން. 4- އާ ވިސްނުންތަކަށް ބާރުއެޅުން މި އެވެ.
ތެރަޕެއުޓިކް ގުޅުން:
1-      ޞިއްހަތު ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުން 2- ކްލައިންޓާ ކައުންސިލަރ އާ ދެމެދު ރަނގަޅު ގުޅުމެއް ޤާއިމްވުން 3- ކްލައިންޓް ދެކޭގޮތް ދެނެގަތުން 4- ޤަބޫލުކުރާ ޤަބޫލުކުރުމާއި ހީކުރެވޭ ގޮތާއި އަދި ދިރިއުޅުމުގެ ލަނޑުދަނޑިތަކަކީ ކޮބައިކަން ބުނެދިނުން މި އެވެ.


No comments:

Post a Comment