Sunday, August 25, 2019

މެޝަމެންޓް އެންޑް އިވޭލުއޭޝަން

މެޝަމެންޓް އެންޑް އިވޭލުއޭޝަން
 ބުލޫމު ދެކުނު ގޮތުގައި މަތީ ފެންވަރުގެ ވިސްނުމުގެ ދަރަޖަތަކަކީ ކޮބާ؟
1-      ހަނދާނަށް ގެނައުން/މަޢުލޫމާތު
2-      ފަހުމްވުން
3-      ބޭނުންކުރުން
4-      ތަހުލީލުކުރުން
5-      ގޮތްނިންމުން
6-      އުފެއްދުން
އަދި މި ދަރަޖަތަކަށް ފެތޭ ސުވާލުކުރުމުގެ ލަފުޒު ތަކަކީ ކޮބާ؟
1-      ބުނެދިނުން، ނަކަލުކުރުން، ލިސްޓުކުރުން، ހަނދާންކުރުން، ތަކުރާރުކުރުން
2-      އޮޅުންފިލުވައިދިނުން، ފާހަގަކުރުން، އިޚްތިޔާރުކުރުން، މަޝްވަރާކުރުން
3-      ޙައްލުކުރުން، ބޭނުންކުރުން، މާނަކުރުން، ތަންފީޒުކުރުން، ނަމޫނާދެއްކުން، ހިންގުން
4-      ތަފާތު ފާހަގަކުރުން، އަޅާކިޔުން، ތަޙްލީލުކުރުން، މަޢުލޫމާތު ގުޅުވުން، ޓެސްޓްކުރުން
5-      ބަހުސްކުރުން، ވަކިގޮތެއް ކަނޑައެޅުން، އަގުކުރުން، ފާޑުކިޔުން، ޚިޔާލުދިފާޢުކުރުން
6-      ފަރުމާކުރުން، ރޭވުން، އުފެއްދުން، ތަހުޤީޤުކުރުން، ތަރައްޤީކުރުން

 އެސެސްމަންޓް ވަނީ ތާރީޚުގެ އެކިއެކި މުހިއްމު، ބޮޑެތި ކަންތަކާއި ގުޅިފައި، ތިރީގައި މިވާ ޢިބާރާތްކޮޅު މިއީ ކޮންކަމަކާ ގުޅިގެން 

ކާކު ބުނެފައިވާ ބަސްކޮޅެއް؟ މި ޢިބާރާތްކޮޅުން ދޭހަކޮށްދެނީ ކޮންކަހަލަ ފިކުރެއް؟

" މި ވަގުތު އަހަރެމެން އެންމެ އިސްކަމަކަށް ކުރަންވީ ކަމަކީ އަހަރެމެންނާއި އަހަރެމެންގެ ދަށުގައިވާ އެތައް މިލިޔަން ބަޔަކާއި ދެމެދު މުއާމަލާތް ކުރާނޭ ގިންތިއެއް އުފެއްދުމެވެ. އިންޑިޔާގެ ލޭ އަދި ކުލަހުރި، އެކަމަކު އިނގިރޭސި ރަހަޔާއި، ޚިޔާލާއި ފިކުރު އަދި ތޫނުފިލިކަން ހުރި ގިންތި އެކެވެ. "

އިސްތިޢުމާރީ ކުލަ ކިޔަވައިދިނުމުގެ ވައްޓަފާޅި އާއި އިމްތިހާނުތަކުގައި ޖެހުމުގެ ސަބަބުން ޖޯން ޑްވީ ބުނެފައިވާ ބަސްކޮޅެކެވެ.



ލޭޓެންޓް އަދި މެނިފެސްޓް އެބިލިޓީ އަކީ ކޮބާ؟

ލޭޓެންޓް އެބިލިޓީއަކީ މީހާގެ ކިބައިގާ ހުންނަ ހުނަރެވެ. އަދި މެނިފެސްޓް އެބިލިޓީއަކީ ފާޅުކުރުމުގެ ހުނަރެވެ.


ފެންނަ ތަސްވީރުން ފޯމެޓިވް އަދި ސަމޭޓިވް އެސެސްމަންޓާ ގުޅޭގޮތުން ދޭހަވާ އެއްޗެއް ތަފްސީލުކުރާށެވެ.

މި ތަސްވީރުން ދޭހަކޮށްދެނީ ހުރިހާ އެންމެންނަށް އެއް ފެންވަރެއްގެ އެއްކަހަލަ އިމްތިހާނު ދީގެން ކަމުނުދާނެކަމެވެ. ތަފާތު ވައްތަރުގެ ޖަނަވާރު މި ތަސްވީރުގައި ހިމެނެ އެވެ. މޫދުގައި އުޅޭ ޖަނަވާރު ވެސް އެބަތިއްބެވެ. ގަހަށް ނޭރޭ ކަހަލަ ބޮޑެތި ޖަނަވާރުވެސް އެބަތިއްބެވެ. ނަމަވެސް ޓީޗަރު އަންގަނީ ހުރިހާ އެންމެން ހަމަހަމަކުރުމުގެ ގޮތުން އެންމެންނަށް ދޭނީ އެއް އިމްތީހާނެއް ކަމަށެވެ. ވީމާ، އެންމެން ގަހަށް އަރަންވީކަމަށެވެ. ފޯމެޓިވް އިމްތިހާނެއް ނަމަ މުދައްރިސްގެ ދައުރުވެސް އޮންނާނެ އެވެ. ނަމަވެސް ސަމޭޓިވް ނަމަ އޮންނާނީ ހަމައެކަނި ދަރިވަރުންގެ ދައުރެވެ. އަދި މިގޮތަށް ޢަމަލުކުރުމަކީ ރަނގަޅު ހަމަޖެހޭ ގޮތެއް ނޫންކަން މި ތަސްވީރުން ވަރަށް ރަނގަޅަށް ހާމަވެ އެވެ.

ތިރީގައިވާ ދެ ސުވާލު ހިމެނެނީ ބުލޫމުގެ ޓެކްސޮނޮމީގޭ، ކޮގްނިޓިވް (ފިކުރީ) ޑޮމެއިންގެ ކޮންދަރަޖަ އަކަށް ކަން ބުނެދޭށެވެ.

ޣައިބުގައި ވޮޑިގެންވާ އެއްކައުވަންތަ މާތްﷲއަށް އީމާންވާ މީހާ ދެނެގަންނަންޖެހޭ ކަންތައްތަކުގެ ތެރޭގައި "އުލޫހިއްޔަތަށް އީމާންވުން" އިޮތުމުން ދޭހަވާ 3 ކަމެއް ލިޔާށެވެ!
ގޮތްނިންމުމަށެވެ.

ރޯދައިގެ ފަރުޟުތައް ލިޔާށެވެ!
ހަނދާނަށް ގެނައުން / މަޢުލޫމާތު

ތިރީގައިވާ ޑައިގްރަމުން ފެންނަ ކްރިޓިކަލް ތިންކިންގ ގެ މަރުހަލާ ތަފްސީލްކޮށްދޭށެވެ!


1-     ޝައްކަކާ ގުޅިގެން ވިސްނަންފެށުން. ކޮންމެވެސް ކަމެއް މެދުވެރިވެގެން އެކަން އެއީ ރަނގަޅު ކަމެއްތޯ ނުވަތަ ގޯސް ކަމެއްތޯ ދެނެގަތުމަށް ވިސްނުމެވެ. އެހެނީ އޭނާ އެ ވިސްނަނީ ކަމެއް މެދުވެރިވެގެންނެވެ. އެއީ ސްޓިމިއުލަސް އެއްގެ ސަބަބުން އޭގެ އޮރިޖިން (އަސްލު) އަށް ވާސިލުވުމަށެވެ.
2-     ދިމާވާ ކަމެއް އަމިއްލަ ތަޖްރިބާއާ ގުޅުވާލުމެވެ. މިސާލަކަށް މާކުރިން އޭނާގެ ދިރިއުޅުމުގައި ދިމާވެފައިވާކަމެއް ފަހުން ހިނގާ ހާދިސާއެއް ނުވަތަ ކަމަކާ ގުޅުވާލުމެވެ.
3-     ތަފާތު ގޮތްގޮތުން ޗެކް ކުރުމެވެ. އެކި ގޮތްގޮތަށް ވިސްނާ ހޯދުމެވެ. ކަންވެފައިވާ ގޮތް ވަރަށް ރަނގަޅަށް ދިރާސާކުރުމެވެ. ހުރިހާ ކަމެއް ރަނގަޅަށް ތަޖުރިބާ ކުރުމެވެ.


1-      ބްލޫމްސް ޓެކްސޮނޮމީގައި ބަޔާންކުރާ ހަރުފަތްތަކަށް އެއްކޮށް މާކްސް ކަނޑައެޅޭ ގޮތަށް ރޭވުން
2-      ބްލޫމްސް ޓެކްސޮނޮމީގައި ކަނޑައެޅޭ ހަރުފަތާއި އޭގެ ދަށުގައިވާ ހަރުފަތްތަކަށް މާކްސް ބަހާލައިގެން ރޭވުން


ސަބަބަކީ އެސެސްމަންޓަކީ އޭގެ ޒާތުގައި ޙާޞިލްކުރަން ބޭނުންވާ މަޤްޞަދަކަށް ނުވާތީ އެވެ. އެއީ މަޤްޞަދު ޙާޞިލްވޭތޯ ބެލުމަށް ބޭނުންކުރާ އިންޑިކޭޝަނެކެވެ. ޢަމަލީ މައިދާނުގައި ތަޢުލީމާއި ތަމްރީނުތައް ބޭނުންކުރަންޖެހޭ ފަދަ ޙާލަތްތައް ނުވަތަ އެއާ ގާތްކުރާނޭ ޙާލަތްތައް އުފައްދާ، ދަރިވަރުންގެ ފެންވަރު ވަޒަންކުރުން އެއީ އެންމެ ފައިދާވާނޭ ގޮތެވެ.



އެއީ އެސެސްމަންޓް އައިޓަމްތަކަށް ދަރިވަރުން ދީފައިވާ ޖަވާބުތައް ދިރާސާކޮށް އެއާގުޅިގެން ކުރަންޖެހޭ ކަންތައް ފުރިހަމަކުރުމެވެ. މިސާލަކަށް ދަރިވަރުން ދީފައިވާ ޖަވާބުތަކާއި ގުޅިގެން ދީފައިވާ މާކްސްތައް ދިރާސާކުރުމެވެ.



 އެސެސްމަންޓްގައި ހުންނަ ޢާއްމު އެއްކަމަކީ ނުކިވައިދޭ ބައިން ސުވާލުކުރެވިފައި ހުރުމެވެ.



1-      ޓެސްޓް ރީޓެސްޓް ރިލައިބިލިޓީ: ޓެސްޓެއް ދިނުމަށްފަހު އޭގެ ނަތީޖާ ކަށަވަރުކުރުމަށް ހަމަ އެބައިތަކުން އިތުރު ޓެސްޓެއް ދިނުން.
2-      ޕެރެލެލް ފޯމްސް އޮފް ރިލައިބިލިޓީ: އެއްކަމެއް މިންކުރުމަށްޓަކައި ތަފާތު 2 އާލާތެއް ބޭނުންކޮށްގެން ރިލައިބިލިޓީ ބެލުން.
3-      އިންޓަރނަލް ކޮންސިސްޓަންސީ: އެއް އެސެސްމަންޓެއްގައިވާ ތަފާތު އައިޓަމްތަކުގެ މެދުގައިވާ ގުޅުން ދެނެގަތުން – ސާމްޕަލް.
4-      އިންޓަރޭޓަރ ރިލައިބިލިޓީ: އެއް ބައެއް ޓެސްޓްކުރާ ތަފާތު ބޭފުޅުންގެ މެދުގައި ނަތީޖާ އާއި މެދު އެއްބަސްވެވޭ މިންވަރު ބެލުން، ކްރައިޓީރިއާ / ޙާޞިލްވުން މިއެވެ.



1-      ރިސީވިންގ ( ލިބިގަތުން )
2-      ރެސްޕޮންޑިންގ ( ޖަވާބުގެ ގޮތުން ދިނުން )
3-      ވެލިއުއިން ( އަގުކުރުން )
4-      އޯގަނައިޒޭޝަން ( ރާވާލުން )
5-      ކެރެކްޓަރައިޒޭޝަން
ކުލާހުގައި ކުރެވޭނެ ކަމެއްގެ މިސާލަކީ: ޑްރާމާ ނުވަތަ ރޯލްޕްލޭ ކުޅުވިދާނެ އެވެ. މިކަންތައް ކުރުމުން ދަރިވަރުންގެ ކިބައިގާ ތަފާތު ކެރެކްޓަރގެ ސިފަ ހަރުލާނެ އެވެ. އަދި މިއީ ވަރަށް މުހިއްމުކަމެކެވެ.

No comments:

Post a Comment