Tuesday, August 27, 2019

Guidance n Counselling ( Questions N Answers 3 )

1.      ކައުންސެލިންގްގެ ޖެނެރަލް އެތިކަލް ގައިޑްލައިން ބުނެދީ!
ގައި ހިމެނެނީ 6 ބައެވެ. އެއީ:
1-      ކައުންސެލިންގ ގުޅުން؛ މީގައި ހިމެނެނީ ތަފާތުނުކުރުން، ޤަވައިދުތައް ކިޔައިދިނުން، ލޯބީގެ ގުޅުން ނުބޭއްވުން، ރައްކާތެރިކަން ދިނުން ހިމެނެ އެވެ.
2-      ކޮންފިޑެންޝަލިޓީ؛ ގައި ހިމެނެނީ ދެކެވޭ ވާހަކަތައް ސިއްރުކުރުން، ކޮންފިޑެންޝަލިޓީ ނުހިފެހެއްޓޭނެ ވާހަކަ ކްލައިންޓަށް ބުނެދިނުން، ރެކޯޑް ބެލެހެއްޓުން ހިމެނެ އެވެ.
3-      ޕްރޮފެޝަނަލް ޒިންމާ؛ ގެ ތެރޭގައި ހިމެނެނީ،ކައުންސިލަރގެ ޤާބިލްކަން ހުރިވަރަކުން ކައުންސިލިންގ ދިނުމާއި، ކައުންސިލަރ އިތުރަށް ކިޔެވުމާއި، ޒާތީކަންކަމުން ދުރުވުން ހިމެނެ އެވެ.
4-      އެސެސްކުރުން؛ މިބައިގާ ހިމެނެނީ،އިންސްޓްރުމެންޓްސް ޤަބޫލުކުރެވޭ އެއްޗަކަށްވުން، ޤަވައިދު ތަކާއި އުޞޫލުތައް ބުނެދިނުން މި އެވެ.
5-      ރިސާޗާއި ޕަބްލިކޭޝަން: ގައި ހިމެނެނީ، ކުރާ ރިސާޗްގެ ސަބަބުން ކްލައިންޓަށް ގެއްލުންވެގެން ނުވާނެ، ރިސާޗްގެ މަޢުލޫމާތު އެހެންފަރާތްތަކަށް ހިއްސާނުކުރުން މި އެވެ.
6-      އެތިކަލް މައްސަލަ ޙައްލުކރުން؛ މިބައިގާ ހިމެނެނީ،އެހެން ކައުންސިލަރ އެއްގެ އެތިކަލް ބިހޭވިއަރ ފެނިއްޖެނަމަ ފިޔަވަޅުއެޅުން، އެތިކްސް ކޮމިޓީން ހަދާ ޤަވައިދުތަކަށް ބޯލެނބުން މި އެވެ.

2.      ސޯޝަލް ލާރނިން ތިއަރީގެ 3 ވީކްނެސް ބުނެދީ!
1-      މާހައުލުގެ ސަބަބުން މީހުންގެ ވިސްނުން ބަދަލުވުން
2-      ނަކަލުކުރުމަކީ ވީކްނެސް އެކެވެ. ސަބަބަކީ ގޯސް އަޚްލާޤެއް ވެސް އެއީ ކުއްޖާއަށް ރަނގަޅު ކަމެއްނަމަ ކޮޕީކޮށް އެ ގޮތަށް އުޅުން ބަދަލުކުރާތީ އެވެ.
3-      މާހައުލުން ލިބޭ މަޢުލޫމާތު ދިރިއުޅުމުގައި އެޕްލައިކުރުން. މިއެވެ.

3.      ކްލެސިކަލް ކަންޑިޝަނިން މިސާލާއިއެކު ބުނެދީ!
ކްލެސިކަލް ކޮންޑިޝަންއަކީ އިންސާނާގެ އުޅުން ވަކިގޮތަކަށް ހޭނުމެވެ. މިސާލު؛ ކޮތަރަށް ކާން އެޅުމުގެ ކުރިން ކޮންމެފަހަރަކުވެސް ތުންފުމެމެވެ. އެއަށްފަހު ކާން އަޅަނީ އެވެ. މިހާރު ކާން ނޭޅިއަސް ތުންފުމޭ ނަމަ ކޮތަރުތައް އާދެ އެވެ. ވީމާ، އިންސާނުން ވެސް މިގޮތަށް ހޭނެ އެވެ. މިސާލު؛ ކުލާހުގަ ރަނގަޅަށް މަސައްކަތް ކުރާކުއްޖަކަށް އެއްދުވަހަކު ބެޖްދީފި ނަމަ އަނެއް ދުވަހުވެސް ބެޖަށް އިންތިޒާރުކުރެ އެވެ. މިއީ ކްލެސިކަލް ކޮންޑިޝަނިންގ ގެ މިސާލެވެ.

4.      އެޑްލީރިއަން ތިއަރީގެ އެސަމްޕްޝަން ތަކާއި ޕާރސަން ސެންޓަރޑް ތިއަރީގެ އެސަމްޕްޝަންސް ބުނެދީ!
ޕަރސަން ސެންޓަރޑް ތިއަރީގެ އެސަމްޕްޝަންސް އަކީ
1-      ޠަބީޢަތުގައި ރަނގަޅަށް ކަންކުރުން ހިމެނިފައިވުން
2-      އެހެންމީހުންގެ އިހުސާސްތައް ދެނެގަނެ އެމީހާގެ އަމިއްލަ ކުރިއެރުމަށް މަސައްކަތްކުރުން
3-      ދިރިއުޅުމުގެ މަޤްޞަދުތައް ކުރިއެރުވުމަށް މަސައްކަތްކުރުން

5.      ރެޝަނަލް އިމޯޝަނަލް ބިހޭވިއަރ ތިއަރީގެ އަލީގައި އިންސާނުންނަށް ގޯސް ޢަމަލުތަކަށް އަރައިގަނެވެނީ ކީއްވެކަން ބުނެދީ!
ގޯސް ޢަމަލުތަކަށް އަރައިގަނެވެނީ އެމީހާ އިރެޝަނަލްކޮށް ވިސްނާތީ އެވެ. މިސާލު؛ އެމީހުން އެ ދައްކަނީ އަހަރެންގެ ވާހަކަ އެވެ. މިގޮތަށް ހިތަށް އަރުވާތީ އެވެ. އެހެން މީހުންނާމެދު ހިތް ނުބައިކުރާތީ އެވެ. އެފަދަ މީހުންނަށް އަބަދު ވެސް ހީވާނީ އެހެންމީހުން އަބަދު ވެސް ދައްކާނީ އެމީހުންގެ ވާހަކަ ކަމަށެވެ. ނަތީޖާއަކީ އެމީހުން އޭނާގެ އެއްވެސް ވާހަކައެއް ނުދައްކާތިއްބާ އެމީހުންނަށް ކޮންމެވެސް ކަމެއް އޭނާކުރުމެވެ. އެންމެ ފަހުން ގޯސް ޢަމަލަށް އަރައިގަނެވުމެވެ.


No comments:

Post a Comment