ފިހުރިސްތު
ތަޢާރަފް........................................................................................................................................
ޞ2
އިމްތިހާނު ފަރުމާކުރުމަށް
ވިސްނިކަންތައް...............................................................................................
ޞ3
އިމްތިހާން ޕޭޕަރެއްގެ އިތުރުން ވެސް ދަރިވަރުންގެ
އުނގެނުމާއި ހުނަރު ވަޒަންކުރުމަށް ކުރެވިދާނެ އެހެނިހެން ކަންކަން. ޞ5
ނިންމުން.....................................................................................................................................
ޞ9
ރިފަރެންސް.................................................................................................................................
ޞ10
އެޕެންޑިކްސް...............................................................................................................................
ޞ11
ތަޢާރަފް:
މި އެސައިންމަންޓުގައި ހަތަރު ބައެއް ހިމަނައިފާ ވާނެ އެވެ. އެއީ ޓޭބަލް އޮފް
ސްޕެސިފިކޭޝަންސް (ޓީ.އޯ،އެސް)، ޓީ.އޯ.އެސްގައި ވާގޮތަށް ތައްޔާރުކޮށްފައިވާ
އިމްތިހާނު ކަރުދާސް، އިމްތިހާނު ފަރުމާކުރުމުގައި ވިސްނި ކަންކަން އަދި
އިމްތިހާނު ކަރުދާހެއްގެ އިތުރުން ވެސް ދަރިވަރުންގެ އުނގެނުމާއި ހުނަރު ވަޒަންކުރުމަށް
ކުރެވިދާނެ އެހެނިހެން ކަންކަމެވެ. މި ބަޔާންކުރި ބައިތައް މި އެސައިންމަންޓުގައި
ވަރަށް އެކަށީގެންވާގޮތެއްގައި ހިމަނައިފާ ވާނެ އެވެ.
އިމްތިހާނު ފަރުމާކުރުމުގައި ވަރަށް ގިނަ ކަންކަމަށް
ވިސްނުން ހިންގަންޖެހުނެވެ. މިގޮތުން އެންމެ މުހިއްމުކަމެއް ދީފައިވާނީ ކޮގްނިޓިވް
ޑޮމެއިން ތަކާ އެއްގޮތަށް އިމްތިހާނު ކަރުދާސް ތައްޔާރުކުރުމަށެވެ. މިގޮތުން
ބްލޫމް ޓެކްސޮނޮމީގެ މަޢުލޫމާތު ހައިރާކީއަށް ވަރަށް ބޮޑަށް ބަލައިފާ ވާނެ އެވެ.
ހައިރާކީގައި ހިމެނެނީ ހަނދާނަށް ގެނައުން ނުވަތަ މަޢުލޫމާތު، ފަހުމްވުން،
ބޭނުންކުރުން، ތަޙްލީލުކުރުން، ގޮތްނިންމުން އަދި އުފެއްދުން ހިމެނެ އެވެ.
އިމްތިހާނު ކަރުދާސް ތައްޔާރުކުރިއިރު އެންމެބޮޑަށް ސަމާލުކަން ދިނީ ކޮގްނިޓިވް
ޑޮމެއިންގައި ހިމެނޭ ހުރިހާ ބަޔަކަށް ސުވާލު ތައްޔާރުކުރުމަށެވެ. އަޅުގަނޑު
ޤަބޫލުކުރާގޮތުގައި އިމްތީހާނު ކަރުދާހުގައި ސުވާލުތައް ހުންނަންވާނީ ހަ
ވައްތަރެއްގެ ސުވާލެވެ. އެބައިތައް މަތީގައި ބަޔާންކޮށްފައި އެވަނީ އެވެ.
ކޮގްނިޓިވް ޑޮމެއިންގައި ހިމެނޭ ހުރިހާ ބަޔަކަށް ސުވާލުތައްޔާރުކޮށްފައިވާނަމަ
އެއީ ވަރަށް ރަނގަޅު އިމްތިހާނު ކަރުދާހަކަށް ވާނެ އެވެ.
ކޮގްނިޓިވް ޑޮމެއިންގައި ހިމެނޭ ހަނދާނަށް
ގެނައުން ނުވަތަ މަޢުލޫމާތުގެ ބައިގާ ހިމެނެނީ އެންމެ އާދައިގެ މަޢުލޫމާތު އަދި
ހަނދާނަށް ގެނައުމެވެ. މީގެ ތެރޭގައި ބުނެދިނުން، ނަކަލުކުރުން، ލިސްޓުކުރުން،
ހަނދާންކުރުން އަދި ތަކުރާރުކުރުން ހިމެނެ އެވެ. ފަހުމްވުމުގައި ހިމެނެނީ
ކަންކަމާއި ޚިޔާލުތަކާއި ގޮތްތައް އޮޅުންފިލުވައިދިނުމެވެ. މިބައިގާ ހިމެނެނީ
އޮޅުންފިލުވައިދިނުން، ފާހަގަކުރުން، އިމްތިހާނުކުރުން އަދި މަޝްވަރާކުރުން ހިމެނެ
އެވެ. ބޭނުންކުރުމަކީ އައު (އެހެން) ހާލަތެއްގައި ލިބުނު މަޢުލޫމާތު
ބޭނުންކުރުމެވެ. އެއީ ހައްލުކުރުން، ބޭނުންކުރުން، މާނަކުރުން، ތަންފީޒުކުރުން،
ނަމޫނާ ދެއްކުން އަދި ހިންގުމެވެ. ތަހްލީލްކުރުމަކީ ޚިޔާލުތަކުގެ މެދުގައިވާ
ގުޅުން ދެއްކުމެވެ. އެހެނީ ތަފާތު ފާހަގަކުރުން، އަޅާކިޔުން، ތަހްލީލްކުރުން،
މަޢުލޫމާތު ގުޅުވުން އަދި ޓެސްޓްކުރުމެވެ. ގޮތްނިންމުމަކީ އިމްތިހާނުކުރިގޮތް
ނުވަތަ ކަމެއް ސާބިތުކުރުމެވެ. އެއީ ބަހުސްކުރުމާއި، ވަކިގޮތެއް ކަނޑައެޅުމާއި،
އަގުކުރުމާއި ފާޑުކިޔުމާއި އަދި ޚިޔާލު ދިފާޢުކުރުމެވެ. އުފެއްދުމަކީ އާއެއްޗެއް
އުފެއްދުން ނުވަތަ އޮރިޖިނަލް މަސައްކަތެވެ. މީގެތެރޭގައި ހިމެނެނީ ފަރުމާކުރުން،
ރޭވުން، އުފެއްދުން، ތަހުޤީޤުކުރުން، އަދި ތަރައްޤީކުރުމެވެ. ބިގްސް (2011) ފާހަގަކުރައްވާފައިވާ
ދަރިވަރުންނާއި މުދައްރިސުން އެސެސްމަންޓާއި މެދު ދެކޭގޮތް ތަފާތެވެ. މިގޮތުން ދަރިވަރުން ބައިވެރިވާ އިނސްޓްރަކްޝަނަލް
ހަރަކާތްތަކާއި ދަރިވަރުން ދަސްކުރާއެއްޗެއް އަމާޒުވެގެން ދަނީ އެސެސްކުރެވޭ އެއްޗެއްގެ މައްޗަށެވެ.
އިމްތިހާނު ކަރުދާސް ހެދުމުގައި ބްލޫމްސް
ޓެކްސޮނުމީގެ ޑޮމެއިންތަކަށް ފައްތައިގެން ތައްޔާރުކުރުމަކީ ދަރިވަރުންނަށް ވަރަށް
ފައިދާ ކުރުވަނިވި ގޮތެކެވެ. އެހެނީ އެ ޑޮމެއިންތަކުން އަސަރުކުރުވަނީ އިހްސާސް
ތަކާއެވެ. އެންމެ ކުޑައިން ފެށިގެން މައްޗަށެވެ. ކްރަތުވޮލް (1964) ރަނގަޅު ޕޭޕަރެއްގައި މައިގަނޑު ހަތް ބައި
އެކުލެވެން ޖެހެ އެވެ. ޢާއިޝަތު މުހުދާ (2019) އެއީ؛ ޑިޒައިން ކުރާއިރު
ލަނޑުދަނޑިތައް ސާފުކޮށް އިނގޭގޮތަށް ފަރުމާކުރުން، އެސެސްކުރަން ބޭނުންވާ
މަޤްޞަދާއި ހާލަތު އައުޓްކަމްސްއާއި ރަނގަޅަށް ދިމާވުން، ކުދިންގެ ކިބައިގާވާ
ސިފަތަކާ ދިމާވަގޮތަށް ތައްޔާރުކުރުން، އެސެސްމަންޓްގައި ހުރި މަޢުލޫމާތަކީ
މާނަހުރި އެއަށް ބަރޯސާވެވޭ މަޢުލޫމާތަށްވުން، ފީޑްބެކް އަވަހަށް ދަރިވަރުންނަށް
ދެވުން، ދަސްކުރުމަށް އުނދަގޫވާ ބައި އެސެސްމަންޓުން ފެނުން އަދި ކަނޑައެޅިފައިވާ
ލަނޑުދަނޑި ތަކާއި ކިޔަވައިދެވިފައިވާ ގޮތާއި، ކިޔަވައިދިނުމަށް
ބޭނުންކުރެވިފައިވާ ތަކެތި އެހާލަތަކަށް އެންމެ ކަމުދިޔަތޯ ވަޒަންކުރެވޭނެ
މަޢުލޫމާތު ހިމެނުން ފާހަގަކުރެވެ އެވެ. ލޭސް.އީ. މެންސަން (2017) ފާހަގަކުރައްވާ
ގޮތުގައި ތަޢުލީމުގެ ސަބަބުން އެ މުޖުތަމަޢެއްގެ ކަންތައްތަކަށް ދަރިވަރުން
ތިބެންޖެހޭނީ ހޭނި އަހުލުވެރިވެފަ އެވެ. ގްރޮންލަންޑް، ނޯރމަން
އީ(1998) ދެކިލައްވާ ގޮތުގައި އެގާރަ ކަމެއް އިމްތިހާނު ކަރުދާހުގައި ހިމަނަން
ޖެހޭނެ އެވެ. އެއީ؛ ސުވާލުތަކާއި އިންސްޓްރަކްޝަން ސާފުކޮށް އެނގުން، ދަރިވަރުންގެ
އަސްލު އެނގޭގޮތަށް ފަރުމާކުރުން، ކުރިއެރުން އަންނަ މިންވަރު ދައްކުވައިދިނުން،
ލިޔުމުގެ ބައި އަދި މަލްޓިޕްލް ޗޮއިސް، ރަނގަޅު ނުބައި ވަކިކުރަން ހުރުމާއި
މަލްޓިޕްލް ޗޮއިސް، ކުރުޖަވާބާއި މަޒްމޫނު، ޓެސްޓުގެ ފެންވަރު ވަޒަންކުރެވުން،
އެސެސްމަންޓުގެ ސަބަބުން އަންނަ ކުރިއެރުން ފާހަގަވުން، ގްރޭޑެއް ދިނުން، ޓެސްޓުން
ލިބޭ ސްކޯރ ދެނެގަތުން އަދި އަގެއްހުރި އެއްޗެއް ކަމުގައިވުން ހިމެނެ އެވެ. ވީމާ،
މި ބަޔާންކުރި ގޮތަށް އިމްތިހާން ކަރުދާސް ހެދިއްޖެނަމަ ވަރަށް ރަނގަޅުވާނެ އެވެ.
އަޅުގަނޑުގެ ސުވާލު ކަރުދާހުގައި މިބައިތައް ހިމަނައިފާ ވާނެ އެވެ.
ކިޔަވައިދެވޭ އިންޑިކޭޓަރ ތަކާއި
އައުޓްކަމްސްތައް ދަރިވަރުންނަށް އެނގިފައިވަނީ ކިހާވަރަކަށްތޯ ބެލުމަށް
އެސެސްމަންޓް ދެވެ އެވެ. މިގޮތުން ކިޔަވައިދެވޭ ބައިތައް އެސެސްކުރުމަށް ކަނޑައެޅޭ
ވަކި އުޞޫލެއް އޮންނަން ޖެހެ އެވެ. މިހާރުނަމަ ކޮންޓިނިއުސް އެސެސްމަންޓެވެ.
ކޮންމެ ދުވަހަކީ ވެސް އެސެސްކުރާ ދުވަހެކެވެ. މިގޮތަށް އެސެސްކުރުމުން
ދަރިވަރުންނަށް ކުރާ ފައިދާ ބޮޑެވެ. އެއީ އަބަދުވެސް ދަރިވަރުން ގެންދާނީ
ދަސްކުރަމުން ކަމަށްވާތީ އެވެ.
އެސެސްމަންޓްގައި ދެ ވައްތަރެއް ހިމެނެ
އެވެ. އެއީ ސަމޭޓިވް އަދި ފޯމެޓީވް އެވެ. ފޯމެޓިވް އެސެސްމަންޓްގައި މުހިއްމު ތިން
ބައެއް ހިމެނެ އެވެ. އެއީ ދަރިވަރުން އުނގެނުމުގައި ތިބި ހިސާބު ދެނެގަތުމާއި،
ދަރިވަރުން ދާންވީ ދިމާ ދެނެގަތުމާއި އަދި އެންމެ ރަނގަޅަށް ކުރިއަށް ދެވޭނެގޮތް
ދެނެގަތުމެވެ (ޢާއިޝަތު މުހުދާ، 2019). ލިޔެކިޔުމުން ފެންނަގޮތުގައި 19 އެޕްރީލް
1927ން ފެށިގެން މިއަދާ ހަމައަށް ދިވެހިރާއްޖޭގައި ވެސް ދަނީ އެސެސްމަން
ދެމުންނެވެ. ދަރިވަރު ހުރި ހިސާބުން އެހެން ހަރުފަތަކަށް ގެންދެވޭނެގޮތް ހޯދާ
ބެލުމަށް އެސެސް ކުރެވޭނަމަ އެއީ ފޯމެޓިވް އެސެސްމަންޓެވެ. ނަމަވެސް އޭގެ
ބަދަލުގައި ދަރިވަރުންނަށް ވަކި ގްރޭޑެއް ދިނުމަށް ނުވަތަ ރޭންކެއް ދިނުމަށް
އެސެސް ކުރެވޭނަމަ އެއީ ސަމޭޓިވް އެސެސްމަންޓެވެ.
ވަޒަންކުރުމުގެ މައިގަނޑު ބޭނުމަކީ
ދާއިމީކޮށް ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭ ކަމަކަށެވެ. އެ ވަގުތު ކޮށްލާ ސުވާލަށް
ޖަވާބުދޭން އެނގުމުން އެނގުނީ ކަމަކަށް ނުނިންމޭނެ އެވެ. ދަރިވަރުންނަށް
އެނގިފައިވާ އެއްޗެއް ބެލުމަށްވުރެ އެނގެމުންދާ ވަރެއް ބެލުން މުހިއްމެވެ.
އެކަމަށް އިތުރަށް ސަމާލުވެ ކުރެވިދާނެ ކަންތައް ކަނޑައެޅުމަކީ އެންމެ
އެކަށީގެންވާގޮތަށް ވަޒަންކުރުމެވެ. ގުރާންޓް ވިގިންސް (1986) ހާމަކުރާގޮތުގައި
'އެޑިއުކޭޓިވް އެސެސްމަންޓް' މާނަކުރެވެނީ ވަޒަންކުރުން ރާވާ ޑިޒައިންކުރުމުގައި
ހަމަޖެއްސިދާނެ ތަފާތު ގޮތްތަކާއި ބެލިދާނެ އުޞޫލުތަކާއި ގެނެވިދާނެ ބަދަލުތައް
ދެނެގަތުމަށެވެ. ވަޒަންކުރުމުގައި ވަނީ މައިގަނޑު ތިން ބައެކެވެ. އެއީ؛ ދަރިވަރުންނަށް
އެނގެމުންދާ ބައިތަކަށް ދާއިމީކޮށް ފީޑްބެކް ދެވޭގޮތަށް ވަޒަންކޮށް ރޭވުމާއި،
އެސެސްމެންޓާއެކު ދަރިވަރާއި ގުޅުން ބަދަހިވާން ފުރުޞަތު ހުޅުވުމާއި އަދި
ދަރިވަރަށް ޙާޞިލްވާ މިންވަރި އިތުރު ކުރަން ފުރުޞަތު ފަހިވުމެވެ. ބްލޫމް ޓެކްސޮނޮމީގައި ލެވެލްތައް ނުވަތަ
ދަރަޖަތައް ކަނޑައެޅުމުގެ ބޭނުމުގައި ޢިލްމުވެރިން ފާހަގަކޮށްފައިވާ
އުނގަންނައިދެވޭ ބައިތައް މައިގަނޑުގޮތެއްގައި ތިންބަޔަކަށް ބަހާލެވެ އެވެ.
މަޢުލޫމާތު (ކޮގްނިޓިވް)، ސިފަ (އެފެކްޓިވް) އަދި ހުނަރު (ސައިކޯމޮޓޯ) އެވެ. ވީމާ،
އެސެސްކުރުމުގައި މިދެންނެވި ބައިތަކަށް ރިޢާޔަތްކޮށްގެން އިމްތިހާނު ކަރުދާސް
ތައްޔާރުކުރުމަކީ ވަރަށް ބޭނުންތެރި މުޙިއްމު ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ.
ރިލައިބިލިޓީ އަދި ވެލިޑިޓީއަކީ ކޮންމެ
ޕޭޕަރެއްގައި ވެސް ހުންނަން ޖެހޭނެ ސިފަ އެކެވެ. މެޝަމެންޓެއް ވެލިޑްވަނީ އެ
މިންކުރުމަށް ޤަސްދުކުރާ އެއްޗެއް ނުވަތަ ކަމެއް އެ ބޭނުންކުރާ ޓޫލެއްގެ އެހީގައި ޙަޤީޤަތުގައި ވެސް މިންކުރެވޭ ނަމައެވެ (ކެލީ،
1221 ،ޞ.14 .)މިގޮތުން މިންކުރަން ބޭނުންވާ ކޮންސްޓްރަކްޓް ނުވަތަ އެޓްރިބިއުޓް އެ އެސެސްކުރަން
ބޭނުންކުރާ ޓޫލަކުން ރަނގަޅަށް ދައްކައިދޭތޯ ބެލުމާއި އަދި އެއިން އެދައްކައިދެނީ ހަމައެކަނި އެ
އެޓްރިބިއުޓްކަން ކަށަވަރުކުރުމަށް ވެލިޑޭޓް ކުރުމޭ ކިޔެއެވެ. ވެލިޑިޓީގެ މި ތައާރަފަށް ތާއީދުކުރައްވާ
ބޯސްބޫމް (2004 )ވިދާޅުވެފަ އިވަނީ ޓެސްޓެއް ވެލިޑް ވަނީ އޭގައި މައިގަ ނޑު ދެ ކަމެއް އެކުލެވިގެންނެވެ. އެއީ؛
މިންކުރަން ބޭނުންވާ ސިފަ(އެޓްރިބިއުޓް) ހުރުމާއި، ސިފައަށް އަންނަ ބަދަލުން
މިންކުރެވޭ އައުޓްކަމްސް އަށް ބަދަލު އައުމެވެ (ޢާއިޝަތު މުހުދާ، 2019). ވެލިޑިޓީގައި
ބެލޭނީ ކޮންޓެންޓް ވެލިޑޭޝަން، ފޭސް ވެލިޑޭޝަން، ކޮންސްޓްރަކްޓް ވެލިޑޭޝަން،
ކްރައިޓީރިއަން ރިލޭޓެޑް ވެލިޑޭޝަން އެވެ (މުޙައްމަދު މޫސާ މަނިކު).
ވެލިޑޭޓްކުރުމުގައި ބޭނުންކުރެވޭ މައިގަނޑު ބައިތަކަކީ ކޮންޓެންޓް ވެލިޑޭޝަން،
ފޭސް ވެލިޑޭޝަން، ކޮންސްޓްރަކްޓް ވެލިޑޭޝަން އަދި ކްރައިޓީރިއަން ރިލޭޓެޑް
ވެލިޑޭޝަން އެވެ. ރިލައަބިލިޓީ
ބެލޭ ތަފާތުގޮތްތަކަކީ ޓެސްޓް ރީޓެސްޓް ރިލައިބިލިޓީ، ޕެރެލަލް ފޯމްސް އޮފް
ރިލައިބިލިޓީ، އިންޓާނަލް ކޮންސިސްޓަންސީ، އިންޓަރޭޓަރ ރިލައިބިލިޓީ އެވެ (މުޙައްމަދު މޫސާ މަނިކު).
އިމްތިހާން ޕޭޕަރެއްގެ އިތުރުން ވެސް
ދަރިވަރުންގެ އުނގެނުމާއި ހުނަރު ވަޒަންކުރުމަށް ކުރެވިދާނެ އެހެނިހެން ކަންކަން:
އިމްތިހާން ޕޭޕަރު އަމާޒުކުރެވެނީ އުނގެނޭ މަޢުލޫމާތުގެ
މައްޗަށެވެ. މަޢުލޫމާތުގެ ހައިރާކީގައި ހިމެނެނީ މަޢުލޫމާތު، ދޭހަ، ބޭނުން،
ތަހުލީލް، ދިރާސާ އަދި ވަޒަންކުރުމެވެ. ބްލޫމް ފާހަގަކުރައްވާގޮތުގައި އެއީ
އުނގެނުމުގެ ތަފާތު ދަރަޖަ ތަކެކެވެ (ބްލޫމް، 1956). އޭނާ ފާހަގަކުރާގޮތުގައި
ދަރިވަރުންނަށް އެނގިފައިވާ މިންވަރު ވަޒަންކުރެވޭ ގޮތުގެ %95 އަމާޒުކުރެވެނީ
ދަށުދަރަޖައިގެ ވިސްނުމާއި މަޢުލޫމާތު ހަނދާންކުރުމުގެ ބަޔަށެވެ. ބްލޫމްގެ
ހައިރާކީ އިތުރަށް ދިރާސާކުރުމަށްފަހު އެންޑްރިސަން އަދި ކްރަތޮލް (2001) މި
ހައިރާކީއަށް ބަދަލުތަކެއް ގެނަ އެވެ. އެއީ ނޮލެޖް ބަދަލުވީ ރިމެމްބަރިންއަށެވެ.
ކޮމްޕްރެހެންސަން ބަދަލުވީ އަންޑަސްޓޭންޑިންގ އަށެވެ. އެޕްލިކޭޝަން ބަދަލުވީ
އެޕްލައިންގ އަށެވެ. އެނަލިސިސް ބަދަލުވީ އެނަލައިޒިންގ އަށެވެ. ސިންތެސިސް
ބަދަލުވީ އަދި އިވެލުއޭޝަން ބަދަލުވީ ކްރިއޭޓިންގ އަށެވެ. ބްލޫމްގެ ހައިރާކީ
ބޮޑަށް ބިނާވެފައިވަނީ ކޮންސެޕްޓް ނުވަތަ ލަފުޒަށެވެ. ނަމަވެސް އެންޑްރިސަން އަދި
ކްރަތޮލްގެ ހުށަހެޅުމަކީ ބޮޑަށް ދަރިވަރުންނަށް އަމާޒްކޮށް ކުރެވޭ ކަންތަކުގެ
މައްޗަށް ބިނާކޮށް ދީފައިވާ ނަންތަކެކެވެ.
ސިފަ
ދެނެގަތުމުގެ ހައިރާކީގައި ހިމެނެނީ ސިފަ ފާހަގަކުރެވުން، ސިފައަށް
ރެސްޕޯންސްކުރުން، ސިފައިގެ އަގުވަޒަންކުރެވުން، ވަކިގޮތަކަށް އެސިފަ
ތަސައްވުރުކުރެވުން އަދި އަގުވަޒަންކުރެވި އެގޮތަށް ސިފަހަރުލުން ހިމެނެ އެވެ.
ސިފަ ހަރުލެއްވޭނީ ދަރިވަރުންގެ ޝުޢޫރުފާޅުކުރުމަށް ފުރުޞަތު ދީގެންނެވެ. އަދި
މަޝްވަރާ ވެސް ކުރެވިގެންނެވެ. ބްލޫމް އަދި މާސިއާ (1973) ގައި މިބައިގާ
ހިމަނައިފާވަނީ ނަފްސާނީ ކަންތައް ވަކިގޮތަކަށް ބައްޓަންކޮށް ސިފަ
ހަރުލެއްވުމަށެވެ. ވީމާ، މިފަދަ ކަންތައް ތަކާމެދު އިމްތިހާނު ތައްޔާކުރާއިރު
ވިސްނުން ބެހެއްޓުމަކީ ވަރަށް މުހިއްމުކަމެކެވެ. ސިފަ ހަރުލެއްވުމަކީ މިއަދު
އެންމެ ދަތި އުނދަގޫ ކަންތަކެވެ.
ހުނަރުގެ
ހައިރާކީގައި ހިމެނެނީ ކޮޕީކުރުން، ކޮޕީކުރެވުނުގޮތަށް ކުރުން، ހުނަރުއަދާކުރުމަށް
ޤާބިލްވުން، ހުނަރު ލިބިގަތުމުގެ ގޮތްތައް ރަނގަޅަށް ދެނެގަނެވުން އަދި ހުނަރު
ފުރިހަމައަށް އަދާކުރެވުން ހިމެނެ އެވެ. މިއީ ދަރިވަރުންގެ އަމަލީބަޔާ ގުޅިފައިވާ
ބައެވެ. ޑޭވް (1975) ފާހަގަ ކުރާގޮތުގައި މިބައިގާ ބޮޑަށް އުނގަންނައިދިނުމުގައި
އަމާޒުކުރެވޭނީ ހުނަރެއް އަށަގެންނެވުމަށެވެ.
ދަރިވަރުންގެ
އުނގެނުމަށާއި ޝައުޤުވެރިކަމަށް އަސަރުތަކެއް ކުރުވާއިރު އެކަމަކީ އުނގެނުން
އޮޑިޓްކުރެވޭ ގޮތަށްވެސް ވާންޖެހެ އެވެ (ޝެޕަރޑް، 2000). އިމްތިހާނުކުރަނީ
އުނގަންނައިދިނުން ރަނގަޅުކުރަން ކަމުގައިވާނަމަ އެ ހޯދުނު މަޢުލޫމާތު ތަކުގެ
އަލީގައި ކުރިއަށްގެންދެވިދާނެ ހަރަކާތްތަކާއި އިރުޝާދު ދޭއިރު ގެންގިޅެވިދާނެ
ގޮތްތައް ކަނޑައަޅާ އެކުލަވާލުމަށް އެހީތެރިވެދޭނެ އެވެ. އިމްތިހާނުކަރުދާހަކުން
ނޫނަސް ދަރިވަރުންނަށް ދަސްވެފައިވާ ބައި ނުވަތަ މިންވަރު ދެނެގަނެވެ އެވެ.
މިސާލަކަށް ފިޒިކަލް އެޑިއުކޭޝަން، ސޯޝަލް ސްޓަޑީޒް އަދި އިސްލާމް ފަދަ
މާއްދާތަކުގައި ވަރަށް ޢަމަލީގޮތުން ދަރިވަރުން ކުރަންޖެހޭ ކަންތައް ވަރަށް ގިނަ
އެވެ. މިފަދަ މާއްދާތަކުގެ އެސެސްމަންޓުން ދަރިވަރުން މަތީ މާކްސް ހޯދިކަމުގައި
ވިޔަސް ޢަމަލީ ގޮތުން އެކަމެއް ކުރަން ނޭނގުމަކީ ވަރަށް ހިތާމަހުރި ދެރަ މައްސަލަ
އެކެވެ. މިފަދަ ހާދިސާތައް މިދިވެހިރާއްޖޭގެ ތަޢުލީމީ މަންހަޖުގެ ތެރޭގައި މިއަދު
އެވަނީ ވަކި އަޅުވާލާފަ އެވެ. ނަތީޖާ އަކީ ސްކޫލުން ގްރޭޑް ދިހައެއް ނިންމާފަ
ނުކުންނަ ދަރިވަރަށް ބަންގި ގޮވާއަޑު އިވުނީމަ މިސްކަތަށްދާން ނަމާދުކުރަން
ހަނދާން ނުހުރުމެވެ. ވީމާ މިފަދަ ކަންކަން ގިނަގިނައިން ޢަމަލީގޮތުން ކުރުވައިގެން
މެނުވީ ސިފަ ހަރުނުލެއްވޭނެ އެވެ. ވުމާއެކު ދަރިވަރުން ލައްވާ ކަންތައް
ކުރުވައިގެން އިމްތިހާން ކުރުމަކީ ވަރަށް ފައިދާބޮޑު ގޮތެކެވެ.
މިނިޓްޕޭޕަރ،
މަޑިއެސްޓް ޕޮއިންޓް، ޑައިރެކްޓެޑް ޕެރެފްރޭސް، ކޮންސެޕްޓް މެޕް، މިސްކޮންސެޕްޝަން
/ ޕްރީ ކޮންސެޕްޝަން ޗެކް، މެމަރީ
މެޓްރިކްސް، ޑައިގްނޯސްޓިކް ލާނިން ލޮގްސް، ނޮލެޖް/ސްކިލްސް ޗެކްލިސްޓް، އެވްރިޑޭ
އެތިކަލް ޑިލެމާ، އެޕްލިކޭޝަން ކާޑްސް، ކްލާސް މޮޑެލިންގ، ޕްރޮބްލަމް ރިކޮގްނިޝަން ޓާސްކްސް، ވަޓްސް ދަ ޕްރިންސިޕަލް، އެޕްރޮޒިމޭޓް
އެނަލޮޖީސް، އިންވެންޓެޑް ޑައިލޮގްސް، ޕްރޯ އެންޑް ކޮން ގްރިޑް، އެގްޒިޓް ޓިކެޓް،
ކޭ. ޑަބްލިޔު. އެލް ޗާޓް އަދި އެނެކްޑޯޓަލް ރެކޯޑްސް (މޫސާ މުޙައްމަދު މަނިކު) އަކީ ދަރިވަރުންގެ
އުނގެނުމާއި ހުނަރު ވަޒަންކުރުމަށް ބޭނުންކުރެވިދާނެ ތަފާތު ގޮތްގޮތެވެ.
ދަރިވަރުން
އެސެސް ކުރެވެނީ ހަމައެކަނި އިމްތިހާނު ކަރުދާހެއް ދީގެންނެއް ނޫނެވެ. އިމްތިހާނު
ކަރުދާސް ނުދީ ވެސް ދަރިވަރުންނަށް ޙާޞިލްވެފައިވާ ބައިތައް ދެނެގަނެވޭނެ ގޮތްތައް
ހުރެ އެވެ. އެގޮތުން ރޯލްޕްލޭއަކީ ފާހަގަކުރެވޭ މުހިއްމު ޙަރަކާތެކެވެ.
ފިލާވަޅުތައް ނިންމާލުމަށްފަހު ދަރިވަރުންލައްވާ ރޯލްޕްލޭ ކުޅުވުމުން
ދަރިވަރުންނަށް އެ ފިލާވަޅަކާ ގުޅޭގޮތުން ލިބެންޖެހޭ މަޢުލޫމާތު ލިބިފައިވާ
މިންވަރު މުދައްރިސަށް ވަރަށް ފަސޭހައިން ވަޒަން ކުރެވޭނެ އެވެ. ސޫސަން ޖޭ، ތޯޕް،
ޕޯލް އެމް، ސެލްކޯވްސްކިސް (1995) ހާމަކުރާގޮތުގައި ރޯލްޕްލޭއަކީ ދަރިވަރުން
އެސެސްކުރުމުގައި ވަރަށް މުހިއްމު ކަމެކެވެ. ފީލްޑް ޓްރިޕް ފަދަ ޙަރަކާތްތަކަކީ
ވެސް ދަރިވަރުންގެ ވަރަށް ގިނަ ކަންތައް އެސެސްކުރެވޭ ކަމެކެވެ. މިސާލަކަށް
ދަރިވަރުން ދެކޭގޮތް (ވެލިއުސް) މިފަދަ ޙަރަކާތްތަކުން ވަރަށް ރަނގަޅަށް އެސެސް
ކުރެވެ އެވެ. އަދި ދަރިވަރުންގެ މެދުގައިވާ އިޖުތިމާޢީ ގުޅުން ވެސް މިފަދަ
ދަތުރުތަކުން ވަރަށް ބޮޑަށް ފާހަގަކުރެވެ އެވެ. ދަރިވަރުން އެއްދަރިވަރަކު އަނެއް
ދަރިވަރަކާ ގުޅިގެން އުޅުމާއި އެކުގައި މަސައްކަތް ކުރާކުރުން ވެސް މިފަދަ ދަތުރު
ތަކުން ވަރަށް ބޮޑަށް ދެނެގަނެވެ އެވެ. ޕްރޮބްލެމް ސޯލްވިންގ އަކީ ވެސް ވަރަށް
މަޖާ އަދިހަމަ އެހާމެ ޝައުޤުވެރި ހަރަކާތެކެވެ. ވީމާ، މިހިރީ ވެސް އިމްތިހާނު
ކަރުދާހުގެ އިތުރުން ދަރިވަރުން މިންކުރުމަށް، އެސެސްކުރުމަށް ބޭނުންކުރެވޭނެ
ގޮތްގޮތެވެ.
ދަރިވަރުންގެ އުނގެނުން ކުރިއެރުވުމަށް ކްލާސްރޫމް
އޮބްޖެކްޓްސް އަކީ ވަރަށް މުހިއްމު ބައެކެވެ. މިގޮތުން ބޯޑާއި، ގޮނޑިއާއި،
ޑެސްކާއި، ޓީވީއާއި މިފަދަ އެންމެހާ ތަކެތި ހިމެނެ އެވެ. ކުލާސްރޫމްގައި
ކޮންމެހެން ހުންނަންޖެހޭ ތަކެއްޗަކީ ދަރިވަރުން ބޭނުންކުރަން އެކަށީގެންވާ
ތަކެއްޗަށް ވާންވާނެ އެވެ. ކުލާސްރޫމްގެ ގޮނޑިތަކާއި ޑެސްކް ތަކަކީ ސާފު ޠާހިރު
ތަކެއްޗަށް ވާންވާނެ އެވެ. އަދި ބާވެ ހަލާކުވެފައިވާ ތަކެއްޗަށް ވެގެން ނުވާނެ
އެވެ. އަދި ކުލާހަކީ ފިނިހޫނުމިން އެކަށީގެންވާ ވަރަށް ހުންނަ ތަނަކަށް ވާންވާނެ
އެވެ. އެހެންނޫންނަމަ ދަރިވަރުންނަށް އުނގެނުމަށް ދަތިތަކެއް ކުރިމަތިވާނެ އެވެ.
އުނގެނޭ މާހައުލަކީ ދަރިވަރުންނަށް އުނގެނެވޭ ތަނަކަށް ވާން ވާނެ އެވެ.
ދަރިވަރުންނަށް ފަސޭހަކަމާއެކު ބޯޑު ފެންނަންވާނެ އެވެ. އަދި މުދައްރިސްގެ އަޑު
ފުރިހަމައަށް އިވެންވާނެ އެވެ. ކުލާސްރޫމްގެ ދޮރުތައް ހުންނަންވާނީ ވައި
ދައުރުވާފަދަ ގޮތަކަށެވެ. ނޫން ނަމަ ދަރިވަރުންގެ އުނގެނުމަށް ފޫހިކަން ގެންނާނެ
އެވެ. މިޒަމާނުގައި ދަރިވަރުންނަކީ ތަފާތު ވަޞީލަތްތައް ބޭނުންކުރާ
ދަރިވަރުންނެވެ. އާދެ ޑިޖިޓަލް ނޭޓިވްސް އެވެ. ވީމާ، ކްލާސްރޫމްގައި އިންޓަރނެޓާއި
މަލްޓިމީޑިއާ ހުރުމަކީ ވަރަށް މުހިއްމުކަމެކެވެ. އެސް.
ޝިޔާމް ސަންޑަރ (2000) ހާމަކުރައްވާ ގޮތުގައި އޮންލައިންކޮށް ކިޔަވާއިރު ވެސް
ކޮންމެހެން ވެސް މަލްޓިމީޑިއާ ބޭނުންވެ އެވެ. އެހެނީ ފިލާވަޅުތައް ލިބޭނީ
އިންޓަރނެޓް މެދުވެރިކޮށް ކަމަށް ވާތީ އެވެ. އަދި ލެކްޗަރަރ ވެސް ފެންނާނީ ވީޑިއޯ
މެދުވެރިކޮށް އިންޓަރނެޓްގެ ޒަރީޢާއިންނެވެ.
ދަރިވަރުންގެ
ވިސްނުމާއި އަޚްލާޤާއި ޙަރަކާތްތެރިކަމާއި ގުޅޭގޮތުން ތަފާތު ގިނަ
ތިއަރީތަކެއްވަނީ އުފެދިފަ އެވެ. މިގޮތުން ފާހަގަކޮށްލެވެނީ ޕިއާޖޭގެ ކޮގްނިޓިވް ޑިވެލޮޕްމެންޓް ތިއަރީ އާއި، ވައިގޮޓްސްކީގެ ސޯޝިއޯ
ކަލްޗަރަލް ތިއަރީ އާއި، ސްކިނާ އަދި
ވޮޓްސަންގެ ބިހޭވިއަރިސްޓް ތިއަރީ އާއި، ބަންޑޫރާގެ ސޯޝަލް ލާނިން ތިއަރީ އާއި،
އެރިކްސަންގެ ސައިކޯ ސޯޝަލް ތިއަރީ އާއި، ގެސެލްގެ މެޗޫރޭޝަނަލް ތިއަރީއާއި، ބްރެނާސްގެ އެކޮލޮޖިކަލް ތިއަރީ ފާހަގަކުރެވެ
އެވެ. މިއިން ކޮންމެ ތިއަރީއެއްގައި ވެސް
މައިގަނޑު ހުރީ ހަތަރު ސުވާލެކެވެ. އެ
ސުވާލުތަކަކީ؛ ކުދީންގެ ހެދިބޮޑުވުން ބިނާވެފައިވަނީ ނޭޗަރ އަށް ނުވަތަ ނާޗާއަށް
ހެއްޔެވެ؟، ހެދިބޮޑުވުމުގައި އެކުލެވެނީ ޔުނިވާސަލިޓީ ނުވަތަ ޑައިވާސިޓީ ގެ ސިފަ
ބާވައެވެ؟، ހެދިބޮޑުވުމުގައި ކުއްޖާއަކީ އެކްޓިވް ނުވަތަ ޕެސިވް އޭޖެންޓެއް
ހެއްޔެވެ؟، ހެދިބޮޑުވުމަކީ ކޮލިޓޭޓިވް ނުވަތަ ކްއަންޓިޓޭޓިވް ބަދަލެއް ހެއްޔެވެ؟
(މޫސާ މުޙައްމަދު މަނިކު)މިއެވެ. ޅަފަތުގައި ދަރިންނަށް އެކަށީގެންވާގޮތުގައި
ތަޢުލީމާއި ތަރުބިއްޔަތު ދެވިއްޖެނަމަ އޭގެ އަސަރު މުސަތަޤްބަލަށް ކުރާނެކަމަށް
މަތީގައި ބަޔާންކުރި ތިއަރިސްޓުން އެއްބަސްވެލައްވަ އެވެ. އަބަދުވެސް ދަރިވަރުން ތަރުބިއްޔަތުވެގެންދާނީ އެތަނެއްގެ
ޢިޖްތިމާޢީ އަދި ޘަޤާފީ މާޙައުލެއްގައިކަމުން އެ މާހައުލެއް ގޮތް ފާޑުވެރިކަން އެ
ދަރިވަރުންގެ ގައިގާ އަށަގަނެފާ ހުންނާނެ އެވެ. ކުޅިވަރު ކުޅުމަކީ ދަރިވަރުންގެ
ކިޔެވުމުގެ ކަންތައް ވަރަށް ބޮޑަށް ޝައުޤުވެރިކުރުވާ ކަމެކެވެ. ވީމާ، މިހާރު
ދިވެހިރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ ޕައިލެޓް ޕްރޮގްރާމަކީ
ދަރިވަރުންނަށް ފައިދާހުރި ޕްރޮގްރާމެއް ކަމަށް ފާހަގަކުރެވެ އެވެ. ށ.އަތޮޅު
މަދަރުސާ އަކީ މި ޕްރޮގްރާމް ކުރިއަށްގެންދާ ސްކޫލެއްކަމުން ދަރިވަރުންނަށް
އައިބަދަލު މުދައްރިސެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް ފާހަގަވި އެވެ.
ދަރިވަރުން ބަރާބަރަށް ސްކޫލަށް އަންނަކަން ވަރަށް ބޮޑަށް ފާހަގަވެ އެވެ. ވީމާ،
ދަރިވަރުންގެ އުނގެނުމާއި ހުނަރު ވަޒަންކުރުމަށް ކުރެވިދާނެ ވަރަށް ގިނަ ގޮތްތައް
ހުރެ އެވެ.
ނިންމުން
އެސައިންމަންޓްގައި
މައިގަނޑު ހިމަނައިފާ ވާނީ ދެ ނުކުތާ އެވެ. އެއީ އިމްތިހާން ފަރުމާކުރުމުގައި ވިސްނިކަންކަން އަދި އިމްތިހާން
ޕޭޕަރެއްގެ އިތުރުން ވެސް ދަރިވަރުންގެ އުނގެނުމާއި ހުނަރު ވަޒަންކުރުމަށް
ކުރެވިދާނެ އެހެނިހެން ކަންކަން މި އެވެ. މި ދެ ޕޮއިންޓަށް ތަފްޞީލީ ގޮތެއްގައި
ބަލައިލާފައި ވާނެ އެވެ. މީގެ އިތުރުން ހިމެނިފައިވާނީ ޓޭބަލް އޮފް ސްޕެސިފިކޭޝަން
އަދި އިމްތިހާނު ކަރުދާހެވެ. މި އެސައިންމަންޓުގެ ސަބަބުން ވެސް އެތައްބަޔަކަށް
ގިނަ ފައިދާތަކެއް ކުރާނެ އެވެ.
ރިފަރެންސް
ބިގްސް (2011)
ކްރަތުވޮލް (1964)
ޢާއިޝަތު މުހުދާ. (2019). މެޝަމެންޓް އެންޑް
އިވެލުއޭޝަން އިން އެޑިއުކޭޝަން،
[ލެކްޗަރ ނޯޓްސް]،މާލެ: ވިލާ ކޮލެޖް.
ޢާއިޝަތު މުހުދާ. (2019). ސަމޭޓިވް އަދި
ފޯމެޓިވް އެސެސްމަންޓް، [ލެކްޗަރ ނޯޓްސް]،މާލެ: ވިލާ ކޮލެޖް.
އާމިނަތު ޝާފިޔާ އާދަމް. (2011). އިންސްޓްރަކްޝަނަލް
ސައިކޮލޮޖީ
އާމިނަތު ޝާފިޔާ އާދަމް، ސާރުދާ ސަޢީދު. (2013). ޓީޗިން
އެންޑް ލަރނިންގ އިސްލާމް1
އެސް ގޯލްޑެން. (2010). ކްލާސްރޫމް އެސެސްމަންޓް ޓޫލްސް. ނެގީ
ޖުލައި18، 2019. http://sloat.essex.edu/sloat/delete/contentforthewebsite/classroom_assessment_techniques.pdf އިން
އެސް. ޝިޔާމް ސަންޑަރ. (2000). އަ ސްޓަޑީ އޮފް ޕިކްޗަރ އޯޑިއޯ އެންޑް
ވީޑިއޯ ޑައުންލޯޑްސް. ނެގީ ޖުލައި 18، 2019 https://journals.sagepub.com/doi/abs/10.1177/107769900007700302 އިން
މުޙައްމަދު މޫސާ މަނިކު. ރިލައިބިލިޓީ އަދި ވެލިޑިޓީ.
[ލެކްޗަރ ނޯޓްސް]،މާލެ: ވިލާ ކޮލެޖް.
ތޯމަސް އާރު.ގަސްކީ. (2003). ހައު ކުލާސްރޫމް އެސެސްމަންޓްސް އިމްޕްރޫވް
ލަރނިންގ. ނެގީ ޖުލައި 18، 2019 https://books.google.mv/books?hl=en&lr=&id=ycWqDAAAQBAJ&oi=fnd&pg=PA3&dq=how+to+improve+students&ots=R3z7bATvh1&sig=nFszay-9LO_3B8CQ5HU1SW0A9H4&redir_esc=y#v=onepage&q=how%20to%20improve%20students&f=false އިން
ލޭސް.އީ. މެންސަން (2017).
ގްރޮންލަންޑް، ނޯރމަން އީ. (1998). އެސެސްމަންޓް އޮފް ސްޓޫޑެންޓް
އެޗީވްމަންޓް. ހަވަނަ އެޑިޝަން. ނެގީ ޖުލައި17، 2019. https://eric.ed.gov/?id=ED417221 އިން
ސޫސަން ޖޭ، ތޯޕް، ޕޯލް އެމް، ސެލްކޯވްސްކިސް. (1995). ބިހޭވިއަރ ރިސާޗް
އެންޑް ތެރަޕީ. ވޮލިއުމް 33. ނެގީ
ޖުލައި18، 2019. https://www.sciencedirect.com/science/article/abs/pii/000579679500022P އިން
އެޕެންޑިކްސް:
ށ.އަތޮޅު
މަދަރުސާ
|
|||||||||||||||
ކަނޑިތީމް
|
|||||||||||||||
ޓޭބަލް އޮފް ސްޕެސިފިކޭޝަން
|
|||||||||||||||
ގްރޭޑް 8
|
|||||||||||||||
ފުރަތަމަ ޓާމް - 2019
|
|||||||||||||||
ޖުމުލަ
|
އުފެއްދުން
|
ގޮތްނިންމުން
|
ތަޙުލީލުކުރުން
|
ބޭނުންކުރުން
|
ފަހުމްވުން
|
މަޢުލޫމާތު
|
|
||||||||
މާކުސް
|
ސުވާލު
|
މާކުސް
|
ސުވާލު
|
މާކުސް
|
ސުވާލު
|
މާކުސް
|
ސުވާލު
|
މާކުސް
|
ސުވާލު
|
މާކުސް
|
ސުވާލު
|
މާކުސް
|
ސުވާލު
|
ސުރުޙީ
|
|
30
|
10
|
10
|
1
|
8
|
1
|
4
|
1
|
2
|
1
|
3
|
3
|
3
|
3
|
ބަހާއި އަދަބިއްޔާތު
|
|
30
|
10
|
10
|
1
|
8
|
1
|
4
|
1
|
2
|
1
|
3
|
3
|
3
|
3
|
ޖުމުލަ
|
|
ށ. އަތޮޅު މަދަރުސާ
ށ.ކަނޑިތީމު
ދިވެހިރާއްޖެ
ދެވަނަ ޓާމު ޓެސްޓް 2019
ގްރޭޑް 8
ނަން:.................................................................................އިންޑެކްސް:.............................ކްލާ
މިސުވާލު ކަރުދާހުގައި
ވަނި ޗާޕުކޮށްފައިވާ 8 ސފުހާއެވެ.
ށ.އަތޮޅު މަދަރުސާ
ށ.ކަނޑިތީމު
ދިވެހިރާއްޖެ
ސް: ................................
މިސުވާލު ކަރުދާހުގައި
ވަނި ޗާޕުކޮށްފައިވާ 8 ސފުހާއެވެ.
|
ށ.އަތޮޅު މަދަރުސާ
ށ.ކަނޑިތީމު
ދިވެހިރާއްޖެ
|
މާރކްސް ލިޔުމަށް
|
ސުވާލު ނަންބަރު
|
|
1
|
|
2
|
|
3
|
|
4
|
|
5
|
|
6
|
|
ޖުމުލަ
|
ދިވެހިބަސް
ވަގުތު: 1 ގަޑިއިރު 30 މިނިޓް
އިމްތިހާނަށް ބޭނުންވާ ތަކެތި ޕޭޕަރާއި އެކު އެކުލެވޭ ތަކެތި
ނެތް ނެތް
ދަރިވަރުންނަށް ދެވޭ އިރުޝާދު
މި އިރުޝާދުތައް ރަނގަޅަށް ފަރުވާ ބަހައްޓައިގެން ކިޔުމަށްފަހުގައި ނޫނީ ޖަވާބުދޭން ނުފަށާށެވެ.
ނަމާއި އިންޑެކްސް އަދި ކްލާސް ލިޔާށެވެ.
ކޮންމެ ސުވާލެއްގައި އެސުވާލަކަށް ޖަވާބުދޭން އިރުޝާދުދީފައިވާ ގޮތަށް ޖަވާބުދޭށެވެ.
ޖަވާބު ލިޔާނީ މި ކަރުދާހުގައި އެކަމަށް ދޫކުރެވިފައިވާ ބައިގައެވެ.
ޖަވާބުދޭނީ ކަޅު ނުވަތަ ނޫކުލައިގެ ދެލިން ލިޔެވޭ، ދެލި ނުފޭދޭ ގަލަމަކުންނެވެ.
ކިޔަން ފަސޭހަވާނޭހެން ސާފުކޮށް ލިޔުމަށް ސަމާލުކަންދޭށެވެ.
ދަރިވަރަށް ދެވޭ މައުލޫމާތު
ހުރިހާ ސުވާލުތަކަށް ޖަވާބުދޭށެވެ.
1
ވަނަ ސުވާލު
ހުސްތަންފުރާށެވެ. (3 މާކްސް)
ވަފާތެރިޔާރަކީ އެދެވޭ ...........................
މަދްރަސާއޭ
................................. ފޮނުވާ އެހީތެރި އައު
މަދްރަސާއޭ
ކިލާކަން ހިތުގެ ހުރިހައިތައް ............................
ސާފުވޭ
ގޮތުގައި މިލައިގެން .....................
ދިރާލީވެސް މަދްރަސާއޭ
........................ އެދޭވޭ
ނުހަނު މަތިވެރި އެމާތް އެދުމަށް،
އަމާނާތްތެރިކަމާ އެކުގައި .........................................
2 ވަނަ ސުވާލު (3 މާކްސް)
ދީފައިވާ 3 ބައިތުގެ ބަނޑުވައް
އަކުރު އެއްގޮތްތޯ ބެލުމަށްފަހު ލިޔެދޭށެވެ!
އަރާނޭކަމުގެ އުންމީދުން، ހިތަށް
ފިނިކަން ލިބޭ ތަރިތައް،
އަރާނޭ މަގުތަކެއް އާރާސްތު ކުރަނީވެސް މަދްރަސާއޭ
ނުލާހިކު މިންނަތާ އަދި
ހިންމަތުން އެދެވޭ ނަތީޖާތެއް،
ނުލާހިކު [ފެހި]ގޮތެއްގައިދައްކަނީވެސް އަދމަދްރަސާއޭ
ކުރާ ހުރިހައި ކަމެއްގައި
މަންޒިލެއް މަޤްޞޫދުވާނޭކަން،
ދުރާލައި އަންގަމުންވިސްނައިދެނީ މަތިވެރި މަދްރަސާއޭ
3 ވަނަ ސުވާލު (2 މާކްސް)
ބައިތެއް އުފައްދާށެވެ. ބައިތުގެ
ޞަދުރާއި ޢަޖުޒުގެ ބަނޑުވައް އަކުރު އެއްގޮތްކުރަން ވާނެ އެވެ.
..........................................................................................................................................................................................................................................................................................................
4 ވަނަ ސުވާލު (3 މާކްސް)
ދީފައިވާ 3 ބައިތުގެ ފިލިކޯޅިއާއި
ކާފިޔާ އެއްގޮތްތޯ ބެލުމަށްފަހު އަލުން ލިޔެދޭށެވެ!
ވަށައިގެން ހައްދަމުން ގެންދާ
އެމާތް ކުލަރީތިމާ ފަރިވާ،
ނަށާ ބުލްބުލްގެ ގުލްޒާރުން އުފާކުރުވީ މަދްރަސާއޭ
ވަފާތެރިކަންމަތީ ހައްދާ،
ހަތަރުގަސް އާރުލައި ހެދިގެން،
ވަފާތެރި ރޫޙަކުން ތަރުޙީބު ކުރުވާނީ މަދްރަސާއޭ
ދުވާގަދަ މީރުވަސް އޭން
ފަޚްރުވެރިވާ ގަސްތަކުގާ މާތައް
ދުވާލާ ރޭގަނޑަށް ފަރިކޮށް ފޮޅުވަނީވެސް މަދްރަސާއޭ
......................................................................................................................................................................................................................................................................................

5 ވަނަ ސުވާލު (8 މާކްސް)
ދީފައިވާ ޅެމަކީ ފެންވަރު ރަނގަޅު
ޅެމެއްތޯ ނުވަތަ ފެންވަރު ދަށް ޅެމެއްތޯ ކަނޑައަޅާށެވެ. ފެންވަރު ރަނގަޅު ޅެމެއް
ނަމަ، ސަބަބު ބަޔާންކޮށްދޭށެވެ. އަދި ފެންވަރު ދަށް ޅެމެއް ނަމަ ވެސް، ސަބަބު
ބަޔާންކޮށްދޭށެވެ.

6 ވަނަ ސުވާލު (10 މާކްސް)
ފަސް ބައިތުގެ ފެންވަރު ރަނގަޅު
ޅެމެއް އުފައްދާށެވެ!

ޅެން:
ވަފާތެރިޔާރަކީ އެދެވޭ އުފައުވެރިނާ މަދްރަސާއޭ
ނަފާވާމަގުތަކުން ފޮނުވާ އެހީތެރި
އައު މަދްރަސާއޭ
ކިލާކަން ހިތުގެ ހުރިހައިތައް ދަބަރު ކެހި ސާފުވޭ
ގޮތުގައި މިލައިގެން މޯޅިވާމާތައް ދިރާލީވެސް މަދްރަސާއޭ
ޒަމާނުގެ ހިތްތަކުން އެދޭވޭ ނުހަނު މަތިވެރި އެމާތް އެދުމަށް،
އަމާނާތްތެރިކަމާ އެކުގައި
އިޖާބަދިނީ މަދްރަސާއޭ
އަރާނޭކަމުގެ އުންމީދުން، ހިތަށް ފިނިކަން ލިބޭ ތަރިތައް،
އަރާނޭ މަގުތަކެއް އާރާސްތު
ކުރަނީވެސް މަދްރަސާއޭ
ނުލާހިކު މިންނަތާ އަދި ހިންމަތުން އެދެވޭ ނަތީޖާތެއް،
ނުލާހިކު
[ފެހި]ގޮތެއްގައިދައްކަނީވެސް އަދމަދްރަސާއޭ
ކުރާ ހުރިހައި ކަމެއްގައި މަންޒިލެއް މަޤްޞޫދުވާނޭކަން،
ދުރާލައި އަންގަމުންވިސްނައިދެނީ
މަތިވެރި މަދްރަސާއޭ
ވަށައިގެން ހައްދަމުން ގެންދާ އެމާތް ކުލަރީތިމާ ފަރިވާ،
ނަށާ ބުލްބުލްގެ ގުލްޒާރުން
އުފާކުރުވީ މަދްރަސާއޭ
ވަފާތެރިކަންމަތީ ހައްދާ، ހަތަރުގަސް އާރުލައި ހެދިގެން،
ވަފާތެރި ރޫޙަކުން ތަރުޙީބު ކުރުވާނީ
މަދްރަސާއޭ
ދުވާގަދަ މީރުވަސް އޭން ފަޚްރުވެރިވާ ގަސްތަކުގާ މާތައް
ދުވާލާ ރޭގަނޑަށް ފަރިކޮށް
ފޮޅުވަނީވެސް މަދްރަސާއޭ
ވިދާއަލި، ރީތިބަބުޅާ ތަށްޓަކުން
ރިހި، ދިން އެމާތް [ޖަވްހަރް]
ވިދާލީމާ އުފެއްދީ ހޫނުކަން ރޫޙަށް މަދްރަސާއޭ
އަމާނާތްތެރިކަމާ އިޔަހޫދީ
ގިރިޓީއާ ވަޒަން ކުރުމަށް،
ޒަމާނުގެ ސިއްރުތަކުތެރެއިން ވިދާލީވެސް މަދްރަސާއޭ
ކަރަންކާ، ޙުސްނުހީނާ، ޗާނދަނީއާ
އަދި ލިލީގަސްތައް،
ވަރަށް ތާޒާ ގޮތެއްގައި ހައްދަނީވެސް ހަމަ މަދްރަސާއޭ
ނުލާ ފެއްސާ ފިޔާތޮށްޓާ އުފައްދާ
ބައިތަކަށް އަޅިޔާ،
ނުލާއިޤު ހައިގޮތެއް ދުރުކޮށް މިހޭއެރުވީ މަދްރަސާއޭ
No comments:
Post a Comment