Tuesday, August 27, 2019

Guidance n Counselling ( Questions N Answers 1 )

1farithakurun
1.      ސިގްމަންޑް ފްރޮއިޑްގެ ސައިކޮއެނޭލިޓިކް އެޕްރޯޗްގެ އެސަމްޕްށަންސްއަކީ ކޮބާ؟
1-      ފްރޮއިޑް ދެކޭގޮތުގައި އިންސާނުން އާއްމުގޮތެއްގައި އަމަލުކުރަނީ ( އިރެޝަނަލް ފޯސަސް )ވިސްނުމެއް ނެތް ބާރެއް ނުވަތަ އަންކޮންޝަސް މޯޓިވްސްގެ ސަބަބުން
2-      ދިރިއުޅުމުގެ މައިގަނޑު މަޤްޞަދަކީ އަރާމު ހޯދުން އަދި އަނިޔާތަކުން ސަލާމަތްވުން މި އެވެ.

2.      ކައުންސެލިންގް އަދި ސައިކޯތެރަޕީގެ ތަފާތަކީ ކޮބާ؟
ކައުންސިލިންގ އަކީ ކުރުމުއަދަތަކަށް ދެވޭ ކޮންސަލްޓަންސީއެއް، އެވަގުތަށް ދިމާވެފައިވާ މައްސަލަ ޙައްލުކުރުން، މީހާ އަށް ކޮންޝަސްކޮށް އެނގޭ ކަންތަކާ ޑީލްކުރުން، އިމޯޝަނަލް، ޕަރސަނަލް އަދި ޕްރޮފެޝަނަލް އިޝޫޒް އެވެ.
ސައިކޯތެރަޕީ އަކީ ދިގު މުއްދަތަކަށް ދެވޭ ޓްރީޓްމަންޓެއް، ސައިކޮލޮޖިކަލް ހިސްޓްރީ ބެލުމަށްފަހު ފުންކޮށް ނުވިސްނިހުރި ކަންތައް ހޯދާ ޑީލްކުރުން، ދިމާވެފައިވާ މައްސަލަހޯދާ އެވެއަރ ކުރުން، އަންކޮންޝަސް ވިސްނުން ކޮންޝަސްކޮށްދެ އެވެ.

3.      ކައުންސެލިން ދިނުމުގައި ކައުންސެލިން ތިއަރީސް މުހިއްމުވަނީ ކީއްވެ؟
ޕްރޮސެސް ކުރިއަށް ގެންދަންވީގޮތް ބުނެދޭ، ދެކޭގޮތަށް އަސަރުފޯރުވާ، ގުޅުން ބަދަހިކުރެވޭ، އެއް ތިއަރީ އަނެއް ތިއަރީއާ އަޅާކިޔާ މަސްހުނިކޮށްގެން ވެސް އެހީތެރިވެދެވެ އެވެ.
4.      ސައިކޯއެނެލެޓިކް އެޕްރޯޗްގައި ފްރޮއިޑް ބޭނުންކުރި ފަސް ޑިފެންސް މެކޭނިޒަމް މިސާލާއި އެކު ބަޔާން ކުރޭ!
1-      ކޮމްޕެންސޭޝަން: އެއްކަމެއް ނުކުރެވުމުން އަނެއްކަމެއް ކުރުން. މިސާލު؛ ހަވީރު ކުޅެން ނުދެވުމުން މަސްބާނަން ދިއުން.
2-      ރެގްރެސަން: ހާސްވެ ކަންބޮޑުވުން. މިސާލު: ވަލުތެރެއިން ދަނިކޮށް އަޑެއް އިވިގެން ގެއަށް ދިޔައިރު ހުންއައިސްފަ ހުރުން.
3-      ރޭޝަނަލައިޒޭޝަން: ޢުޒުރުދެއްކުން. މިސާލު: ކުލާހަށް ގަޑިޖެހުމުން ތިމަންނަގެ ގަޑިން އަދި ނުޖެހެއޭ ބުނުން
4-      ޑިސްޕްލޭސްމެންޓް: އެހެންމީހުންނަށް ރުޅި ބޭލުން. މިސާލު: ދެމަފިރިން ދޭތެރޭ ޖެހޭ މައްސަލައިގާ ދަރިންނަށް އެއްޗެހިގޮވުން
5-      އިންޓަލެކްޗުއަލައިޒޭޝަން: ސުމެއްލިބުނުވާހާކަ ނުބުނުން. މިސާލު: ޓެސްޓުން ދަށްމާކްސް ލިބުމުން މުދައްރިސް ގޯސްކުރުން





No comments:

Post a Comment