ބްލޮގުގެ މަޤްޞަދު :
މި ބްލޮގަކީ އިންފޮމޭޝަން ޓެކްނޮލޮޖީ އިން އެޑިއުކޭޝަން ((ED606ގެ ދެވަނަ
އެސައިންމަންޓެވެ. މި އެސައިންމަންޓްގައި ހިމަނައިފާ ވާނީ އަޅުގަނޑު ( އިބްރާހީމް
ޙަފީޡް – S1900737 ) ކިޔަވައިދޭ
ގްރޭޑްތައް؛ ގްރޭޑް އެކެއްގެ އިސްލާމް، ދޭއްގެ އިސްލާމް، ތިނެއްގެ އިސްލާމް އަދި
ހައެއްގެ ސޯޝަލް ސްޓަޑީޒްގެ ކިޔަވައިދިނުމުގެ އެހީ އެވެ. އޭގެ ތެރޭގައި ސްކީމް،
ލެސަން ޕްލޭން، ވަރކްޝީޓް، ވީޑިއޯ، އޯޑިއޯ، ފޮޓޯ ފަދަ ތަކެއްޗެވެ.
މިފަދަ އެސައިންމަންޓެއް ބްލޮގެއްގެ ގޮތުގައި
ތައްޔާރުކުރާއިރު އެ ތަނެއްގައި އަޅުގަނޑު ޚިދުމަތްކުރާ ށ.އަތޮޅުމަދަރުސާގެ ބައެއް
މަޢުލޫމާތު ބްލޮގްގައި ކޮންމެހެން ހިމަނާލަންޖެހޭނެކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ.
ވުމާއެކު ށ.އަތޮޅުމަދަރުސާގެ ބައެއް ފޮޓޯ މި ބްލޮގްގާ ހިމަނާލީމެވެ.
ބްލޮގްގެ ސަބަބުން ދިވެހިރާއްޖޭގެ ވަރަށް ގިނަ ބަޔަކަށް
ފައިދާ ކުރާނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ. މި ބްލޮގަކީ މީގެފަހުން އަބަދުވެސް ރަށުގަ ހިނގާ މުހިއްމު ކަންކަން، އަދި ވަކިން ޚާއްޞަކޮށް ށ.އަތޮޅުމަދަރުސާގެ އެކިއެކި ޙަރަކާތްތައް އެންމެ ތާޒާކޮށް ވަގުތުން ވަގުތަށް ގެނެސްދޭ ބްލޮގެއް ކަމުގައި ދެމިއޮންނާނެ އެވެ.
އިސްވެ ބަޔާންކުރެވުނު ކަންކަމުގެ އިތުރުން ތަފާތު ޢިލްމީ މަޢުލޫމާތު މި ބްލޮގްގައި ޝާއިޢު ކުރެވޭނެ އެވެ. މިސާލަކަށް ގަސްގަހާގެހި އަދި އެތަކެތީގެ ނަމާއި އާއްމުކޮށް ހެދޭ ސައިޒާއި މިކަހަލަ މަޢުލޫމާތު ތަކެވެ. މި ފަދަ މަޢުލޫމާތު ހިމެނުމަށް ޤަސަތުކުރީ ގްރޭޑް ހައެއް އަދި ހަތެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ. އެހެނީ ކޮންމެ އަހަރަކު ވެސް ދަރިވަރުން ގަސްގަހާ ބެހޭ މަޢުލޫމާތު ހޯދުމަށް އަޅުގަނޑުގެ ގާތަށް އަންނާތީ އެވެ. މިފަދަ މަޢުލޫމާތު ހިމެނުމުން ފަސޭހަ ކަމާއެކު ދަރިވަރުންނަށް މި ބްލޮގް މެދުވެރިކޮށް މަޢުލޫމާތު ތަފްޞީލީ ގޮތެއްގައި ލިބިގެންދާނެ އެވެ.

No comments:
Post a Comment